ލޮލުގައި ބުޅިއަކުން ޖެހުނު މަސްވެރިއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ "ރޯދި 3" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އ...

12 Oct 2019 | 10:01

ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ "ރޯދި 3" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އުމުރުން 58 އަހަރުގެ ދިވެހި ފަޅުވެރިޔާގެ ލޮލުގައި ބުޅިއަކުން ޖެހިގެން މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރުއެވެ.

މި މީހާ އަށް ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއި އެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސް ގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އެމީހާ ސީ އެމްބިއުލާންސްގައި  ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައިވަނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް