އުރީދޫ އިންޓަނެޓުގެ ޚިދުމަތަށް މިރޭ ދަންވަރުން ފެށިގެން މާދަމާ ރެޔާއި ހިސާބަށް ބުރޫ އަރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އުރީދޫ އިން ބުނީ، އެކުންފުނިން ކުރާ ފައިބާ އޮޕްޓިކް ކޭބަލް ގެ މުހިންމު މެއިންޓެނަންސް މަސައްކަތެއް ކުރާތީ މިރޭ މެންދަމު 3:00 އިން ފެށިގެން މާދަމާ ރޭ 11:30 އާއި ހަމައަށް އުރީދޫގެ އިންޓަނެޓް ލިބުމުގައި ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށެވެ.
https://twitter.com/OoredooMaldives/status/1182872615012036611
އެގޮތުން، އުރީދޫ ޑޭޓާ އާއި، ބްރޯޑް ބޭންޑް އިންޓަނެއްޓް އަދި އައިއެލްއެލްގެ ޚިދުމަތް ހޯދުމުގައި ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އަދި އެކަމަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް