ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފަށައިފިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، ކާޑިއެކް ޚިދުމަތް ދޭ ރަސްމީކޮށް އިފްތިތާހުކޮށ...

12 Oct 2019 | 06:54

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، ކާޑިއެކް ޚިދުމަތް ދޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ރޭ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭގައި މި ދެ ޚިދުމަތް ހޯދަން ގިނަ ބަލިމީހުން ވަނީ އެމަޖެންސީގައި އެހެން ތަންތަނަށް ފޮނުވާފައެވެ. މިގޮތަށް މީހުން ފޮނުވާއިރު އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ކަމަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފެށި މިޚިދުމަތްތަކުގެ ސަބަބުން ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދެ ޚިދުމަތާއި އެކީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ހުރިހާ ނޮން އިންވޭސިވް ކާޑިއެކް ޓެސްޓްތައް މިހާރު ހެދޭނެ އެވެ. އެގޮތުން، ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިން އެ ސެންޓަރުން ހެދޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

https://twitter.com/MoHmv/status/1182746163461492736

ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލް ގެ މަސްރޫއުގެތެރޭގައި ހިމެނޭ ކަމެކެވެ.

މިއީ، ހއ. އާއި ހދ. އަދި ށ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ މަލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ދެ ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް