މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި، އައްޑޫ ސިޓީއަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދަނީ އިއްޔެ އިން ފެށިގެންނެވެ. ފެންބޮޑުވެ ގެތަކަށް ފެން ވަނުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ ބައެއް ހިސާބުތަކުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އައްޑޫ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހިތަދޫގެ ބައެއް ގެތަކަށް ފެންވަންނާތީ، ގޭ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދީފައި ވާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
https://twitter.com/MNDF_Official/status/1182837061344063488
އައްޑޫ ސިޓީގެ މަގުތަކުގައި ޕަމްޕު ބަހައްޓައިގެން ފެންހިއްކަމުން ދާއިރު، އެ ސިޓީ އަށް މިހާރު ވެސް ދަނީ ވާރޭ ވެހެމުންނެވެ. މެޓް އޮފީހުން ރޭ ދަންވަރު އައްޑޫ ސިޓީ ހިމެނޭގޮތަށް ދެކުނުގެ ހަތަރު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން މިއަދު ތިން ފަހަރެއްގެ މަތިން ޔެލޯ އެލާޓް ދަމަހައްޓާފައި ވާއިރު، އެންމެ ފަހުން ނެރެފައި ވަނީ މިއަދު 12:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް