ދަރިއަކު ހޯދުމަށްވުރެ މުހިންމީ ކެރިއަރ: ދިޕިކާ

އެހާ އަވަހަށް ދަރިއަކު ބޭނުން ނުވާ ކަމަށާއި ކައިރި މުސްތަގްބަލެއްގައި ވެސް ދަރިއަކު ހޯދަން ނުވިސްނާ ކަމަށް ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ބުނެފިއެވެ. ދިޕިކާ ބުނިގޮތުގައި، ފިރިމީހާ ރަންވީރް ސިންގާއި...

12 Oct 2019 | 05:54

އެހާ އަވަހަށް ދަރިއަކު ބޭނުން ނުވާ ކަމަށާއި ކައިރި މުސްތަގްބަލެއްގައި ވެސް ދަރިއަކު ހޯދަން ނުވިސްނާ ކަމަށް ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ބުނެފިއެވެ.

ދިޕިކާ ބުނިގޮތުގައި، ފިރިމީހާ ރަންވީރް ސިންގާއި އޭނާ އަކީވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ދެމީހުންނެވެ. އަދި ދެމީހުން ވެސް އާއިލާއެއް ފަށައިގެން ދަރިން ހޯދަން ބޭނުންވާ ކަމަށެވެ. ނަމަވެސް އަދި އެހާ އަވަހަށް ދަރިން ހޯދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ އިތުރަށް ބުނީ، ރަންވީރާއި އޭނާ އަކީ އެމީހުންގެ ފިލްމީ ކެރިއާއަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތްކުރާ ދެމަފިރިން ކަމުގައެވެ. އަދި ކެރިއަރުގެ މިހިސާބުން ދަރިއަކު ލިބިއްޖެ ނަމަ މަސައްކަތަށް "އަންފެއާ" ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ދިޕިކާ ބަނޑުބޮޑު ކަމަށް ދާދިފަހުން ފެތުރުނު ޚަބަރުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ދިޕިކާ މިމޭރުމުން ވާހަކަ ދެއްކީ ވެސް އެކި ގޮތްގޮތަށް އޭނާ ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެތައް ބަޔަކު ކުރަމުންދިޔަ ސުވާލުތަކާއި ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދިޕިކާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގު ބޮޑު ބަތަލާ އެވެ. 2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ދިޕިކާ، ރަންވީރާއި ކައިވެނިކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި ދެމީހުން ކައިވެނި ކުރީ އިޓަލީގެ ލޭކް ކޮމޯ ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް