ކައްދޫ އެއާޕޯޓް (އިސްކަންދަރު ވައިގެ މަރުކަޒު) އަށް ފުރާން ދިޔަ ބޭރު ކުއްޖެއްގެ ދަބަހުން އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް)އެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ. މިފަދަ ކަމެއް ރިޕޯޓް ކޮށްފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދެ އެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެފަދަ އެއްޗެއް ފެނިފައިވަނީ އެމެރިކާއަށް ނިސްބަތްވާ ކުއްޖެއްގެ އަތްދަބަހުންނެވެ. އެ ކުއްޖާއަކީ އާއިލާއާއެކު ލ އަތޮޅުގައި އޮންނަ ސިކްސްސެންސް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރާން ދިޔަ ކުއްޖެކެވެ.
އެދުވަހު އެ ކުއްޖާގެ ދަބަސްތައް އިތުރަށް ބަލާ ފާސްކޮށް ގޮވާޒާތުގެ އެއްޗެއް ނެތުމުން އެކުއްޖާ ދޫކޮށްލާފައިވާކަންވެސް ދުވަހަށް ވަނީ އެނގިފަ އެވެ. އަދި އެ އެއްޗަކީ އެކުއްޖާ ގައުމުން އައި އިރުވެސް ގެނައި އެއްޗެއް ކަމަށް އެކުއްޖާ ބުނެފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ އެއްޗެއް ތައްޔާރުކޮށްފައި އޮތީ ގަލަމެއްގައި މާސްކިން ޓޭޕް އޮޅައިގެންނެވެ. މޯޓަރަކާއި ބެޓެރީއެއްވެސް ހަރުކޮށްފައި ހުއްޓެވެ. އަދި ނަރުތަކެއްވެސް ހުރިކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް