މަޝްހޫރު ބަތަލާ، ވިދިޔާ ބާލަން އެކްޓް ކޮށްފައިވާ "ތުމާރީ ސުލޫ" އަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން އިން "ޔޫ" ސެޓިފިކެޓް ދީފި އެވެ.
ޔޫ ސެޓިފިކެޓް ދެނީ ހުރިހާ އުމުރުފުރާއަކަށްވެސް ފެތޭ އަދި 12 އަހަރުން ދަށުގެ ކުދިންނަމަ ބެލެނިވެރިއެއްގެ ހާޒިރުގައި ބެލުން ހުއްދަ ފިލްމުތަކަށެވެ.
މި ފިލްމަށް ޔޫ ސެޓިފިކެޓް ލިބިފައިވާއިރު ފިލްމު ރިލީޒް ކުރަން މިހާރު ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގަ އެވެ. ކުރިން މި ފިލްމު ރިލީޒް ކުރަން އޮތީ ޑިސެމްބަރު އެއްވަނަ ދުވަހުގަ އެވެ. ނަމަވެސް އެ ދުވަހުގައި، ސަންޖޭ ލީލާ ބަންސާލީގެ ޕަދުމަވަތީ ރިލީޒް ކުރާތީ ތުމާރީ ސުލޫގެ ޓީމުން ވަނީ މި ފިލްމު ރިލީޒް ކުރުން އަވަސް ކުރަން ނިންމާފަ އެވެ.
ތުމާރީ ސުލޫ މި ފިލްމުގައި ވިދިޔާ ބާލަން ކުޅެނީ ގެވެހި އަތްންބެއްގެ ރޯލެވެ. އަދި ރޭގަނޑު ދަންވަރު ޑީޖޭއެއްގެ ދައުރުވެސް މި ފިލްމުގައި ވިދިޔާ ބާލަން އަދާކުރާކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް