ޑައިރެކްޓަރު އަޔާން މުކަރުޖީ އާއެކު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ އައު ފިލްމުގެ ތަރިންނާއި ނަން އިއުލާނު ކޮށްފި އެވެ.
ކަރަން ޖޯހަރު އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ފިލްމުގެ ނަމަކީ "ބްރަމާސްތުރަ" ކަމަށާއި ފިލްމުގެ ތަރިންނަކީ އަމީތާބު ބައްޗަން، ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ކަމަށެވެ.
ކަރަން ބުނެފައިވަނީ އެ ފިލްމަކީ ޓްރިލޮޖީއެއް ކަމަށާއި ފިލްމުގައި އަމީތާބު ހިމެނިގެން ދިއުމަކީ ބޮޑު އުފަލެއް ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ފިލްމު ރިލީޒް ކުރާނެ ތާރީހަކީ 15 އޯގަސްޓް 2019 ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް