އަންނަ މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ގޯލްމާލް އަގޭން" ގެ ޓިކެޓް ޕާކިސްތާނުގައި ވިއްކަން ފަށައިފި އެވެ.
ރޯހިތު ޝެޓީގެ މި ފިލްމުގެ ޓިކެޓު ޕާކިސްތާނުގައި ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޕްރޮމޯޝަނަލް ޓީމުން ބުނެފައިވަނީ މި ފިލްމުގައި ޕާކިސްތާނު ރައްޔިތުން އަދި ޕާކިސްތާނު ސަރުކާރުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި މި ފިލްމަކީ ޕާކިސްތާނުގައިވެސް ވަރަށް މަގްބޫލު ފިލްމަކަށް ވެގެންދާނެ ކަމުގައި އުންމީދު ކުރާ ކަމަށެވެ.
އިންޑިއާގެ ދިވާލީއާއި ދިމާކޮށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމު ދުނިޔޭގެ އެކި ގައުމުތަކުގައި އެއްވަގުތެއްގައި ރިލީޒް ކުރުމަށް މި ފިލްމުގެ ޕްރޮމޯޝަނަލް ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ޕޯޗުގަލް، ޕެރޫ، ޖަޕާނު، ޔޫކްރޭނު، ޕެނެމާ އަދި އުތުރު އެމެރިކާ ހިމެނެ އެވެ.
މި ފިލްމަކީ ގޯލްމާލްގެ ސީކުއެލް އެކެވެ. ފިލްމުގައި ލީޑްރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، ޕަރިނީތީ ޗޯޕުޅާ، ތާބޫ، ތުޝާރު، އަރްޝަދު ވަރްސީ، ޝްރެޔާސް ތަލްޕަޅޭ އަދި ކުނާލް ކެއްމޫ ހިމެނެ އެވެ. މިއީ ގޯލްމާލް ސީކުއެލްގެ ހަތަރުވަނަ ފިލްމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް