ރިޔާޒު ރަޝީދަށް ހަޖޫޖެހި މީހުން ކޮބާ !

މިހާރު ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ، ފާރިޝް މައުމޫންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން 27 މެއި 2015 ގައި ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ ރާއްޖެ ތަރައްގީވެ ޑޮލަރުގެ ބ...

11 Oct 2017 | 21:58

މިހާރު ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ، ފާރިޝް މައުމޫންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން 27 މެއި 2015 ގައި ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ ރާއްޖެ ތަރައްގީވެ ޑޮލަރުގެ ބާޒާރު ރަނގަޅުވެގެން ދިއުމުން، އޭޓީއެމަކަށް އައިޑީ ކާޑު ޖަހާލިއަސް މިހާރު ޑޮލަރު ނިކުމެގެން އަންނާނެ ކަމަށެވެ.

ރިޔާޒު ރަޝީދު ވިދާޅުވި އެއްޗަކުން ސޯޝަލް މީޑިއާގައި ރިޔާޒް ރަޝީދަށް އެތައް ބަޔަކު ހަޖޫ ޖަހާފައި ވެ އެވެ. އެ ހަޖޫޖެހުންތައް އިއްޔެއާއި ހަމައަށްވެސް ދޭތެރެ ދޭތެރެއިން ދިޔައީ ކުރިއަށެވެ. ނަމަވެސް ރިޔާޒު ރަޝީދު ބުނިތަން މިއަދު މިވަނީ އައިސްފަ އެވެ.

ނަމަވެސް އިމިގްރޭޝަނުން އިއްޔެ ޕާސްޕޯޓް ކާޑު ތައްޔާރު ކުރުމުން އަނެއްކާވެސް ރިޔާޒުރަޝީދުގެ ވާހަކަ މިވަނީ ގަދަވެފަ އެވެ.

ރައީސުޖުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ އެއްކާޑަކުން އެތައް ހިދުމަތެއް ލިބިގެންދާ ކާޑެކެވެ. އައިޑީ ކާޑުގެ ގޮތުގައި ބޭނުންކުރެވެ އެވެ. ކޭޝް ކާޑުގެ ގޮތުގައި ބޭނުން ކުރެވެ އެވެ. ލައިސަންސް ކާޑުގެ ގޮތުގައްޔާއި އިންސުއަރެންސް ކާޑުގެ ގޮތުގައިވެސް ބޭނުން ކޮށްލެވެ އެވެ.

އެހެންކަމުން އައޑީކާޑުގެ ގޮތުގައިވެސް ބޭނުންކޮށްލެވޭ މި ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގުމުގެ ފުރުސަތުވެސް މިހާރު މިވަނީ ތަނަވަސް ވެގެން ގޮސްފަ އެވެ.

މި ކާޑު އިއްޔެ ތައާރަފް ކޮށްފައިވާއިރު ރިޔާޒު ރަޝީދުވެސް އިއްޔެ ވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފަ އެވެ. ރިޔާޒު ރަޝީދު އިއްޔެ ކުރެއްވި ޓްވީޓްގައި "އައިޑީ ކާޑު ޖަހާލުމުން އޭޓީއެމްއިން" އެ ހިސާބުން ކުރުކޮށްލެއްވުމަށްފަހު ދެން ކުރައްވާފައިވަނީ ސުވާލެކެވެ. "މިހާރު މި ލިބެނީ ކޮންކަހަލަ ހިދުމަތެއްތޯ؟" ރިޔާޒު ރަޝީދު ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި އެ ޓްވީޓްގައި ރައީސް ޔާމީން އަށް ރިޔާޒް ރަޝީދު ޝުކުރު އަދާ ކުރައްވާފައި ވެ އެވެ.

އިއްޔެގެ މި ހަބަރާއެކު ނޫސްތަކަށް ކޮށްފައިވާ ކޮމެންޓްތަކުގައިވެސް ރިޔާޒު ރަޝީދުގެ ވާހަކަ ތަކުރާރުކޮށްފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ރިޔާޒު ރަޝީދު ބުނި ދުވަސް މިއޮތީ އައިސްފައި ކަމަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައި ވެ އެވެ.

މީގެ އިތުރުން އެދުވަހު ރިޔާޒު ރަޝީދަށް ހަޖޫ ޖެހި މީހުން ކޮބައިތޯ؟ މި ސުވާލު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް