ރާޢްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 9،000 އަށް އަރައިފި އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިހާތަނަށް ރާއްޖެއިން ވައިރަހަށް 9،052 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން މިއަދު ޕޮސިޓިވްވެފައިވަނީ 62 މީހުންނެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ. އަނެއް 51 މީހުންނަކީ މާލޭ ސިޓީން ޕޮސިޓިވްވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 18 ބިދޭސީންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 1،960 މީހުންނަށެވެ. އޭގެ ތެރެއިން 116 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓު ކޮށްގެންނެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 7،055 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި މިހާތަނަށް ރާއްޖެއިން 31 މީހުން މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1304828373387087876
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް