ހޯނޑެއްދޫއިން ޕޮސިޓިވްވި މީހުންގެ އަދަދު 38 އަށް، ހައިރިސްކު އަށް މީހުން

ގދ. ހޯނޑެއްދޫއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 38 އަށް އަރައިފި އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގައި އިތުރު ބަޔަކު ޕޮސިޓިވްވެފައިވޭތޯ ބަލަން ކޮންމެ ދުވ...

12 Sep 2020 | 17:45

ގދ. ހޯނޑެއްދޫއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 38 އަށް އަރައިފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގައި އިތުރު ބަޔަކު ޕޮސިޓިވްވެފައިވޭތޯ ބަލަން ކޮންމެ ދުވަހަކު ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށެވެ. އެގޮތުން މިއަދު 11 ސާމްޕަން ނެގި އިރު ނަތީޖާ ލިބުނީ އެކަކުގެ ކަމަށާއި އެމީހާގެ ނަތީޖާ ނެގެޓިވް ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ޕޮސިޓިވްވި 38 މީހުންގެ ތެރޭގައި ހައިރިސްކު ނުވަތަ މި ބަލީގައި ސީރިއަސް ހާލަތަކަށް ހިނގައިދާނެ އަށް މީހަކު ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކު ވަނީ ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް އިތުރު ފަރުވާއަށް ބަދަލުކޮށްފައި އެވެ.

ހޯނޑެއްދޫއިން ޕޮސިޓިވްވެފައިވާ މީހުންނާއި ގުޅޭގޮތުން ޑރ ނަޒްލާ އިތުރަށް ވިދާޅުވީ އެ ރަށުގެ ހަ ޕަސެންޓު ގޭބިސީގައި ޕޮސިޓިވް މީހުން އެބަތިބި ކަމަށެވެ. އަދި އެމީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުން 19 ޕަސެންޓު ގޭބިސީގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.

ހޯނޑެއްދޫއިން ޕޮސިޓިވްވި މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވާ 204 މީހުން އެބަތިއްބެވެ. އެ ރަށަކީ މާލެ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ރަށެވެ.

އެ ރަށުން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވީ ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހެކެވެ. މިހާތަނަށް ޕޮސިޓިވްވެފައިވަނީވެސް އެ ހަތަރު މީހުންގެ އާއިލާ އާއި އެމީހުންނާއި ގުޅުން ހުރި މީހުންނެވެ.

ހޯނޑެއްދޫގެ ކޯވިޑް ކޭސްތަކާއި ގުޅިގެން އެ ރަށާއި މަޑަވެލި އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސް ދެ ރަށަށް އަރައި ފޭބުން މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް