ބޮލީވުޑް ބަތޮލު، އަފްތާބް ޝިވްދަސާނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން ހާމަކޮށް އޭނާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެންމެންގެ ހާލު ރަނގަޅުކަމަށް އުންމީދުކުރާކަމަށާއި، ކޯވިޑު ކަމަށް ބެލެވޭ އަލާމާތްތަކެއް ފެނުމުން ޓެސްޓް ކުރި އިރު އޭނާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މިހާރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ.
އަފްތާބު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު ބޮލީވުޑް ތަރިންގެ ތެރެއިން މަލާއިކާ އަރޯރާގެ އިތުރުން އަރްޖޫން ކަޕޫރުވެސް ވަނީ ދާދިފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަމީތާބާއި އަމީތާބުގެ އާއިލާގެ ބައެއް މެމްބަރުންވެސް މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް