ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ޔޫއެސް ޑޮލަރު އޭޓީއެމް އެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލް އިން މި އޭޓީއެމް ހުޅުވާފައިވަނީ ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގ ގައެވެ. މި އޭޓީއެމް ރަސްމީކޮން އިފްތިތާޙު ކޮށްދެއްވީ ބީއެމްއެމް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ އެވެ.
ބީއެމްއެލް އިން ބުނީ، އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ހުޅުމާލޭގައި މި ގާއިމް ކުރެވުނު އޭޓީއެމް އަކީ ބީއެމްއެލްގެ ޚިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމް އެއް ކަމުގައެވެ. ބީއެމްއެލް އިން ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމްގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރ ގެ ޚިދުމަތްވެސް ހޯދޭނެއެވެ.
https://twitter.com/bankofmaldives/status/1172055891685675008
މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށްވެސް ރ ޓިމް ސޯޔާރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 110 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން ބީއެމްއެލް އިން އިންޓަނެޓް ބޭންކިންގ ގެ ޚިދުމަތް ވެސް އަންނަނީ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް