އިދިކޮޅު ކޯލިޝަނުން "ދަވާލައިފި" ނަމުގައި ބާއްވާ އެއްވުން މިރޭ ބާއްވާގޮތަށް ނިންމައިފިއެވެ.
މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައި މިރޭ 20:30 ގައެވެ. މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ޖުލައި މަހު ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެއްވުމެއް ބާއްވައިފައެވެ.
"ދަވާލައިފި" ނަމުގައި އެއްވުމެއް ބާއްވަން އުޅޭ ކަމުގެ އިޝާރާތެއް މީގެ ދެހަފްތާ ކުރިން އެ ކޯލިޝަނުން ވަނީ ދީފައެވެ.
މި އެއްވުމަށް ދީފައިވާ ނަމަކީ މި ސަރުކާރު މިހާރު އޮތް ހާލަތާއި އެއްގޮތަށް ދީފައިވާ ނަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް ސުޖާއު ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި، އިދިކޮޅު ބޮޑު އެއްވުމަށް "ދަވާލައިފި" ކިޔަން ޖެހުނީ މިއަހަރަށް ލަފާކޮށް ހުށަހެޅި 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުން ކުރި ހަރަދުތައް ސާފުކޮށް ނުދޭތީ ކަމުގައެވެ.
އިދިކޮޅު ކޯލިޝަނުން ބޮޑު އެއްވުމެއް މިރޭ ބާއްވާއިރު، އެ ކޯލިޝަނުގައި ތިބި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ގުޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް