ނޯތު ހާބަރުގައި އޮތް ބެސްޓް ލައިން ނަމަކަށް ކިއުނު ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި އިއްޔެ ހާދިސާއެއް ހިނގާފައިވާއިރު އެ ހާދިސާގައި އަނިޔާވި ބިދޭސީއަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ، ގޭސްފުޅި ގޮވި ހާދިސާގައި އަނިޔާވި ބިދޭސީއަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި، އިތުރު ބިދޭސީއަކާއި ދިވެއްސަކަށް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ފަރުވާދެމުން އަންނަ ކަމުގައެވެ.
މި ހާދިސާގައި އަނިޔާވެގެން ހަތް މީހަކު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ 30، 37، 42، 52، އަދި 65 އަހަރުގެ ދިވެހި ފަސް ފިރިހެނުންނަށާއި ދެ ބިދޭސީންނަށެވެ.
ގެސްފުޅިތަކެއް ލީކުވެގެން އެއް ގޭސްފުޅި ގޮވި މި ހާދިސާގައި، 83 ފުޅި ގޭސް ލީކުވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ލީކުވެފައިވާ ގޭސްފުޅިތައް މިހާރު ކުންފުނިތަކާއި އަނބުރާ ހަވާލުކުރެވިފައިވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް