ކުރިއަށް އޮތް ފަސް އަހަރުވެސް ޓޮޕް އެޗީވާސް އެވޯޑު ސްޕޮންސާ ކުރާނީ އެސްޓީއޯ އިން

ކުރިޔަށް އޮތް ފަސް އަހަރަށް ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބުދަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ...

12 Sep 2019 | 07:44

ކުރިޔަށް އޮތް ފަސް އަހަރަށް ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބުދަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ އެސްޓީއޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.

އެސްޓީއޯއިންވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސްއަހަރުވެސް ސްޕޮންސަރކޮށްފައެވެ.

ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސަރ ކުރާ މިއީ 10 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް