ރައީސް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ. ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ރ...

12 Sep 2019 | 07:03

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގެންނެވީ ރ. މީދޫއަށެވެ. އެރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މީދޫއަށްފަހު ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ރ. އަލިފުށްޓަށެވެ. އަލިފުށްޓަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ހަމަ އެރަށުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާވެސް ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަލިފުށީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް