ގޭސްފުޅި ގޮވީ ފުޅިތަކުން ގޭސް ލީކު ވުމުން، ހަތް މީހަކަށް އަނިޔާވެފައިވޭ: ފުލުހުން

ނޯތު ހާބަރުގައި އޮތް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި އިއްޔެ ހާދިސާއެއް ހިނގާފައިވާއިރު އެ ހާދިސާގައި ހަތް މީހަކަށް އަނިޔާވި ކަމަށާ ގޭސް ފުޅި ގޮވީ ގޭސްފުޅިތައް ލީކުވެގެން ކަމުގައި ފުލުހުން ބުނެފިއެވެ....

12 Sep 2019 | 05:06

ނޯތު ހާބަރުގައި އޮތް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި އިއްޔެ ހާދިސާއެއް ހިނގާފައިވާއިރު އެ ހާދިސާގައި ހަތް މީހަކަށް އަނިޔާވި ކަމަށާ ގޭސް ފުޅި ގޮވީ ގޭސްފުޅިތައް ލީކުވެގެން ކަމުގައި ފުލުހުން ބުނެފިއެވެ.

"ބެސްޓް ލައިން ބޯޓުގެ  ފަލްކާ ތެރޭގައި ހުރި ފުޅިތަކުން ގޭސް ލީކުވުމުން ސަބަބުން ގޭސްފުޅިއެއް ގޮވައި ހަތް މީހަކަށް އަނިޔާވެގެން ރޭ07:15 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ 30، 37، 42، 52، އަދި 65 އަހަރުގެ ދިވެހި ފަސް ފިރިހެނުންނަށާއި ދެ ބިދޭސީންނަށެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ބޯޓުގައި ހުރި ގޭސް ފުޅިތައް މަތީގައި ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން މިހާތަނަށް ބެލިބެލުމުން ފުލުހުންނަށް ފާހަގަވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް