24 ގަޑިއިރު މާލޭގައި ވިޔަފާރިކުރަން 26 ފަރާތަކަށް ހުއްދަ ދީފި

މާލެ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް 26 ފަރާތަކަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ. އިކޮނޮމިކް މިނިސްޓްރީން 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދީފައިވަނީ 17 ކެފޭ ރެސްޓޯރެންޓާއި، 9 ފިހާރ...

12 Sep 2019 | 05:05

މާލެ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް 26 ފަރާތަކަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދީފައިވަނީ 17 ކެފޭ ރެސްޓޯރެންޓާއި، 9 ފިހާރައަކަށެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކެފޭ ރެސްޓޯރަންޓްތައް:

1- ސީހައުސް (ހުޅުމާލޭ ފެރީ ޓަރމިނަލް )

2- ސެފްރޮން ކެފޭ ( ސޯސަންމަގު )

3- ނައިސް އެންޑް ސްޕައިސް ( ފުޑްކޯޓް )

4- ވީވަރ ކެފޭ ( ފުޑްކޯޓް )

5- ރިޓްރީޓް ޑިލައިޓް ( ފުޑްކޯޓް )

6- މާރުކޭޓް ހޮޓަލް

7- ނޮވެލް ބިސްޓްރޯ ( ފުޑްކޯޓް )

8- ޑޯލްފިން ވިއު ކެފޭ ( ކާނިވާ )

9- އެމް.ޓީ ކެންޓީން ( އެމްޑަބްލިޔުއެސްސީ ކެންޓީނު )

10- ސައުތު ވިންގް ކެފޭ ( ބިޒަނަސް ސްކޫލް )

11- މިސްޓިކޯ ( ފުޑްކޯޓް)

12- އަލަ ކާޓް ( ފުޑްކޯޓް)

13- ދަ ޑެކް (ކާނިވާ )

14- ލައިމް ވޯޓާ ލައުންޖް ( ލޮނުޒިޔާރަތް މަގު)

15- ދަ ކޮފީ ގްރިލް ( ފުޑް ކޯޓް)

16- ސިޓީ ޓޭސްޓު ( ފުޑްކޯޓް)

17- އެމް އެންޑް އާރު އިންވެސްޓްމަންޓު ( ކަންބާ އައިސާ ރަނި ހިންގުން)

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ފިހާރަތައް:

1- އެކްސްޕްރެސް މާޓް ( ވިލިނގިލި ފެރީ ޓާރމިނަލް )

2- ނިއު ޗެއިން (ސޯސަންމަގު )

3- ޝޮޕް އެންޑް ސޭވް ( ސޯސަންމަގު )

4- އޭ. އެން.ޖީ ޓުރޭޑަރސް ( އޯކިޑްމަގު )

5- ވީބީ މާރޓު (މަޖީދީމަގު)

6- ރެޑް ވޭވް ( މަޖީދީމަގު)

7- ގްރާސް މަރކެޓް ( ސޯސަން މަގު)

8- ބްރައިޓް ޕްލަސް ( ލޮނުޒިޔާރަތް މަގު)

9- ޗޮއިސް ޕްލާޒާ ( ބުރުޒު މަގު)

މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބައެއް ވިޔަފާރިތަކަށް ހުއްދަ ދީފައި ވެއެވެ. އެގޮތުން އައްޑޫ ސިޓީގައި މިހާތަނަށް ތިން ތަނަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

ހުޅުމާލެ އާއި ފުވައްމުލަކު ސިޓީގައި ވެސް 24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

24 ގަޑިއިރު ވިޔަފާރި ކުރަން މިނިސްޓްރީން ހުއްދަ ދޭ ޝަރުތުތަކުގެ ތެރޭގައި ތަނުގެ އެތެރެ ރީތިކޮށް ސާފުކޮށް ފެންނަން ހުރުމާއި، 24 ގަޑިއިރު ތަން އޮޕަރޭޓް ކުރާ ކެމެރާ ހުންނަން ޖެހޭނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށް ވެސް ވާން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް