ކ. މާފުށިން ގޯތި ދޫކުރުމަށް އަންގައި އެ ރަށު ކައުންސިލަށް ފޮނުވި ސިޓީއަށް އަމަލު ނުކުރުމުން ދެވަނަ ސިޓީ އާއި އެކު ހައުސިން މިނިސްތްރީގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.
ހައުސިންގެ ޓީމެއް މިއަދު އެރަށަށް ދިޔަ އިރު ރޭ ހުޅުމާލޭގައި ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު މާފުށިން ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށިން ގޯތި ދޫކުރަށް އަންގައި އެ ރަށު ކައުންސިލަށް ސިޓި ފޮނުވިތާ ދެ ހަފްތާވެފައިވާ ކަމަށެވެ. އެކަމަކު އެ ސިޓީ އެ ރަށު ކައުންސިލަރުން ފޮރުވާފައި ވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ޓީމެއް މިއަދު އެރަށަށް ދިޔައީ ދެވަނަ ސިޓީ އަކާއި އެކު ކަމަށެވެ.
https://twitter.com/MMuizzu/status/1039789812272648192
ރޭ ރައީސް ޔާމީން ވިދާޅުވީ މާފުށިން ގޯތި ދޫކުރާނީ، ކުޑަކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށް މީގެ ސާޅީހަކަށް އަހަރު ކުރިން، ހުޅުވި އިސްލާހިއްޔާ ހުރި ބިމުން ކަމަށެވެ. ރައިސް ވިދާޅުވީ އެ ރަށު ކައުންސިލަރުން، ރައްޔިތުން ބޭނުންވާ ކަންކަމަށް ފުރަގަސްދީގެން، ސަރުކާރުން ފޮނުވާ އަމުރުތަކަށް ތަބާ ނުވި ނަމަވެސް ސަރުކާރުން އެކަންކަން ކުރާނެ ކަމަށެވެ. އަދި ސަރުކާރުން އެންގި ދުވަހަށް އެކަން ކުރި ނަމަ، މިހާރު މާފުށިން ގޯތި ދޫކޮށް ނިމޭނެ ކަމަށް ވިދާޅުވި އެވެ.
އިސްލާހިއްޔާ ހިންގި ބިން ސަރުކާރުން ކައުންސިލާއި ހަވާލު ކުރަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ މިދިޔަ ޖޫން މަހު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް