ފޮނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަންމައަކާއި ދަރިއަކަށް އަނިޔާވެއްޖެ

ލ. ފޮނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މަންމަ އަކާއި ދަރިއަކަށް އަނިޔާވެއްޖެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ފޮނަދޫގައި ހުންނަ ޕަބްލިކް ވޯކްސް އިން ނިކުތް ލޮރީއެއް، ސްކޫލު ނިމުމުން ދަރި ގޮ...

12 Sep 2018 | 07:31

ލ. ފޮނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މަންމަ އަކާއި ދަރިއަކަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ފޮނަދޫގައި ހުންނަ ޕަބްލިކް ވޯކްސް އިން ނިކުތް ލޮރީއެއް، ސްކޫލު ނިމުމުން ދަރި ގޮވައިގެން ދިޔަ އަންހެންމީހާ ދުއްވި ސައިކަލުގައި ޖެހިގެންނެވެ. ސައިކަލު އޮތީ ވެހިކަލްގެ ދަށަށް ވަދެފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ލިންކް ރޯޑްގައެވެ.

އަނިޔާވި މަންމައާއި ދަރިއަށް ފޮނަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު ދަރިއަށް މާ ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް އަންހެންމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް