ތިމާވެއްޓާއި ގުޅޭ ފޮޓޯ ނެގުމުން އެއް ވަނަ އަލީމް އަށް

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީން ހުޅުވާލި ފޮޓޯ ނެގުމުގެ މުބާރާތުގެ ދެ ކެޓަގަރީން އެއްވަނަ އަބްދުލް އަލީމް ހޯދައިފި އެވެ. މިދިޔަ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ...

12 Sep 2018 | 06:42

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީން ހުޅުވާލި ފޮޓޯ ނެގުމުގެ މުބާރާތުގެ ދެ ކެޓަގަރީން އެއްވަނަ އަބްދުލް އަލީމް ހޯދައިފި އެވެ.

މިދިޔަ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ފޮޓޯ ހުށަހެޅުމަށް ދީފައިވަނީ ތިމާވެއްޓަށް ކުރާ އަސަރު އަދި މުރަކައިގެ ފަރުތަކުގެ ދިރުން މި ދެ ކެޓަގަރީ އެވެ. އިނާމު ދީފައިވަނީ ދެ ކެޓަގަރީއަށް ވަކިންނެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ތިމާވެއްޓަށް ކުރާ އަސަރުގެ ކެޓަގަރީން އެއްވަނަ އަލީމް ހޯދި އިރު އެ ކެޓަގަރީގެ ދެވަނަ ލިބުނީވެސް އޭނާ ހުށަހެޅި ފޮޓޯއަކަށް ކަމަށެވެ. އަދި މުރަކައިގެ ފަރުތަކުގެ ދިރުން ކެޓަގަރީން އެއް ވަނަ އާއި ތިން ވަނަ ލިބުނީ އަލީމް ހުށަހެޅި ފޮޓޯ އަށެވެ.

މުރަކައިގެ ފަރުތަކުގެ ދިރުމުގެ ކެޓަގަރީން ދެ ވަނަ ލިބުނީ މަރިޔަމް އަމަލް އަބްދުލް ނިޒާރަށެވެ. ތިމާވެއްޓަށް ކުރާ އަސަރުގެ ކެޓަގަރީން ތިން ވަނަ ލިބުނީ ހުސައިން ނިޔާޒަށެވެ.

ކޮންމެ ކެޓަގަރީއަކުން އެއް ވަނައަށް ދިޔަ ފަރާތަށް 10،000 ރުފިޔާ، ދެވަނަ އަށް ދިޔަ ފަރާތަށް 7،000 ރުފިޔާ އަދި ތިން ވަނައަށް ދިޔަ ފަރާތަށް 5،000 ރުފިޔާ ދީފައި ވެ އެވެ.

އެ މިނިސްޓްރީން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް ތިމާވެއްޓާއި މެދު ފަރުދުންގެ ޝުއޫރުތައް ފޮޓޯގެ ޒަރީއާއިން ފާޅު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް