ބޮލީވުޑްގެ ބަތަލް އަދި އާމިރު ހާންގެ ތިމާގެ މީހެއް ކަމަށްވާ އިމްރާން ހާން ފުރަތަމަ ޑައިރެކްޓު ކުރާ ފިލްމަކީ ކުރު ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އޭނާ ފިލްމު ޑައިރެކްޓު ކުރަން ބޭނުންވާކަން ހާމަ ކުރީ މިދިޔަ އަހަރު އެވެ. އިމްރާންގެ ފިލްމެއް ރިލީޒް ނުވާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. ބޮލީވުޑްގައި ފެނިގެންދިޔަ މަދު ފިލްމަކުން އޭނާއަށް ކާމިޔާބު ލިބުނަސް އޭނާ އަކީ މާ ކާމިޔާބު މީހަކަށް ނުއްވެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ ޑައިރެކްޝަނާއި ދިމާލަށް ދަން ނިންމީ އެހެންވެ އެވެ.
އިމްރާން ޑައިރެކްޓު ކުރާ ކުރު ފިލްމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އޭނާ ވަނީ އެ ފިލްމުގެ އިޝްތިހާރު އިންޓަނެޓް މެދުވެރިކޮށް އިއްޔެ އާންމުކޮށްފައި އެވެ. "މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" ގެ ނަން ދީފައިވާ މި ފިލްމުގެ ވާހަކަ އަކީވެސް އޭނާ ލިޔެފައިވާ ވާހަކަ އެވެކެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
މި ފިލްމަށް ނަން ދީފައިވަނީ 2014 ވަނަ އަހަރު އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން އިއުލާން ކުރި މާސް އަށް ދިއުމުގެ މިޝަން އަކާއި ގުޅުވާފައި އެވެ. އިމްރާން ބުނީ އެއީ މުޅި ގައުމު ފަހުރުވެރިކޮށްލި މިޝަން އަކަށްވާތީ ފިލްމު އެ މަސައްކަތަށް އެ ކަމަށް އަމާޒު ކުރަން ބޭނުންވީ ކަމަށެވެ.
އިމްރާން އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ކައްޓީ ބައްޓީ" އިންނެވެ. އެ ފިލްމަށްވެސް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް