"ބާރަތް" ދޫކޮށްލީ ސަލްމާންގެ ގޮތެއް ނެތުމުން: ޕްރިޔަންކާ

ސޮއި ކުރުމަށް ފަހު ޕްރިޔަންކާ ޗޯޕްރާ ފިލްމު "ބާރަތް" ދޫކޮށްލި އަސްލު ސަބަބު އޭނާގެ ފަރާތުން ހާމަކޮށްފި އެވެ. "ބާރަތް"ގެ މައްސަލަ އަނެއްކާވެސް ފެންމަތިވީ އެ ފިލްމު ކުޅެން ޕްރިޔަންކާއަށް ފުރުސަތު ދިނީ 1...

12 Sep 2018 | 05:01

ސޮއި ކުރުމަށް ފަހު ޕްރިޔަންކާ ޗޯޕްރާ ފިލްމު "ބާރަތް" ދޫކޮށްލި އަސްލު ސަބަބު އޭނާގެ ފަރާތުން ހާމަކޮށްފި އެވެ.

"ބާރަތް"ގެ މައްސަލަ އަނެއްކާވެސް ފެންމަތިވީ އެ ފިލްމު ކުޅެން ޕްރިޔަންކާއަށް ފުރުސަތު ދިނީ 1000 ފަހަރު ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންއަށް ގުޅައި އާދޭސް ކުރުމުން ކަމަށް ސަލްމާން ބުނެފައިވަނި ކޮށެވެ. އަދި އެ ފިލްމުގެ ލީޑްރޯލް ހޯދުމަށް ސަލްމާން އާއި ބައްދަލު ކުރަން ޕްރިޔަންކާ ދުބާއީއަށް ދިޔަކަށް ބުންޏެވެ.

އޭގެ ރައްދެއްގެ ގޮތުން ޕްރިޔަންކާގެ ގާތް މީހަކު ބުނީ ފިލްމު ދޫކޮށްލީ ނިކް ޖޯންސް އާއި ކައިވެނި ކުރަން ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ތެދެއް ކަމަށެވެ. އެކަމަކު އަސްލު ސަބަބަކީ ސަލްމާންގެ ފަރާތުން ފެނުނު ނޭދެވޭ ކަންތައްތަކެއް ކަމަށް ބުންޏެވެ.

އެގޮތުން ސަލްމާން ގަޑިއަށް ޝޫޓިން އަށް ނުދިއުމާއި، އޭނާ އާއި އެކު ލީޑް ރޯލް ކުޅޭ ތަރިންގެ ބައިތައް ސަލްމާން ނެތިސް ނަގަން ޖެހުމަކީ ޕްރިޔަންކާ ފިލްމު ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައިވެ އެވެ. އަދި ބާރަތްގައި ލީޑްރޯލް ކުޅޭ އަންހެން ތަރިއަކީ އޭނާ އެކަނި ނޫންކަން އެނގުނު ހިސާބުން ޕްރިޔަންކާ ފިލްމު ދެކެ ފޫހިވި ކަމަށް އެމީހާ ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި "ބާރަތް" ގައި އަންހެން ތަރިންގެ ގޮތުގައި ތާބޫ އާއި ޑިޝާ ޕަޓާނީވެސް ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް