ކުދިންގެ ކަންތަކާ ޝާހިދު ކަޕޫރަށް ހަމަ ނިދި ނުލިބޭ

ޝާހިދު ކަޕޫރަށް ވަނީ ދާދިފަހުން ފިރިހެން ކުއްޖަކު ލިބިފައެވެ. އެއާއެކު ޝާހިދު ގެ ދިރިއުޅުމުގެ ކަންކަން ވަނީ ކުރިޔަށް ވުރެ ބިޒީވެފަ އެވެ. ކުރިޔަށް ނިކުންނަން އޮތް ޝާހިދު ގެ ފިލްމު ކަމަށްވާ ބައްޓި ގުލް ...

12 Sep 2018 | 04:45

ޝާހިދު ކަޕޫރަށް ވަނީ ދާދިފަހުން ފިރިހެން ކުއްޖަކު ލިބިފައެވެ. އެއާއެކު ޝާހިދު ގެ ދިރިއުޅުމުގެ ކަންކަން ވަނީ ކުރިޔަށް ވުރެ ބިޒީވެފަ އެވެ. ކުރިޔަށް ނިކުންނަން އޮތް ޝާހިދު ގެ ފިލްމު ކަމަށްވާ ބައްޓި ގުލް މީޓަރ ޗަލޫގެ ޕްރޮމޯޝަނަލް އިވެންޓްތައް ފަހަތަށް ޖައްސާލުމަށްފަހު ޝާހިދު މިދޭތެރެއިން އުޅުނީ އޭނާގެ އަންހެނުން ކައިރީގައި ދެވަނަ ދަރިފުޅު ވިހާތީއެވެ. ދެވަނަ ދަރިއެއް ލިބި މިހާރު މީރާ ވަނީ ގެއަށް ދޫކޮށްލާފައެވެ. ވިހެއުމަށްފަހު މީރާ މިހާރު ހަމައަކަށް އެޅެމުން އަންނަ ނަމަވެސް ޝާހިދުގެ ދޮށީ ދަރިފުޅު މިވަނީ ބަލިވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިޝާ ބަލިވެގެން ޝާހިދު ވަނީ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއް ވެސް ކެންސަލް ކޮށްލާފައެވެ. އަދި ޝާހިދު އެއްވެސް ގޮތަކަށް ނުނިދާތާ 32 ގަޑީރު ވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮންމެއަކަސް އާއިލާ އާ ޖެހުމުން ދެން މަސައްކަތުންވެސް ޖެހޭނީ ކުޑަކޮށް އެއް ފަރާތްވެލަންތާ އެވެ.

ޝާހިދު ވަރަށް އަވަހަށް އަރުޖުން ރެޑީ ކިޔާ ފިލްމެއްގެ ޝޫޓިން ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް