ބޮލީވުޑްގެ ބަތަލް އަޔުޝްމަން ކުރާނާ ތިން މަސް ލޯއަނދިރި ކުދިންނަށް ކިޔަވައިދޭ ސްކުލެއްގައި ހޭދަކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ހާގިނަ ދުވަހު އެ ސްކޫލްގައި އޭނާ އުޅުނީ އަންނަ މަހު ރިލީޒް ކުރާ ފިލްމު "އަންދާ ދުން" އަށް ތައްޔާރުވުމުގެ ގޮތުންނެވެ. މި ފަހަކަށް އައިސް ފިލްމުތަށް ކުޅެން ފެށުމުގެ ކުރިން ބޮލީވުޑްގެ ތަރިން ދަނީ އެ ފިލްމެއްގައި އެމީހަކު ކުޅެން ޖެހޭ ރޯލާ ގުޅުން ހުރި ދާއިރާތަކުގައި ވަގުތު ހޭދަކޮށް އަމަލީ ތަޖުރިބާ ހޯދަމުންނެވެ.
"އަންދާ ދުން" ގައި އަޔުޝްމަން ފެނިގެންދާނީ ޕިޔާނޯ ކުޅޭ ލޯ އަނދިރި މީހެއްގެ ރޯލުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އަޔުޝްމަން އެ ސްކޫލްގައި ތިން މަސް ހޭދަ ކުރީ ފިލްމު ބަލާ މީހުންނަށް އޭނާ އަކީ އަސްލު ލޮލަށް ފެންނަ މީހެއްކަން އިއުސާސް ކުރެވޭ ވަރު ކުޑަ ކުރުމަށް ކަމަށްވެ އެވެ.
އޭނާ ވަނީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި އެކު ވަގުތު ހޭދަކޮށް ލޯ އަނދިރި މީހުން ވާހަކަ ދެއްކުމުގައި ގެންގުޅޭ އިޝާރާތްތަކާއި، އެކުދިންގެ އަމަލުތައް ހުންނަ ގޮތް ދަސްކޮށްފައި އެވެ.
މި ފިލްމުގައި އަޔުޝްމަން އާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ތާބޫ އާއި ރާދިކާ އާޕްތޭ ހިމެނެ އެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު ފަސް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް