ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ޅ. ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ނައިފަރާއި މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ އަކު އަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމާއި ގު...

12 Aug 2020 | 07:02

ޅ. ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ނައިފަރާއި މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ އަކު އަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ފެންނާތީ ކަރަންޓީން ކުރުމަށް ފަހު ޓެސްޓު ކުރުމުން ނެވެ.

އެޗްއީއޯސީން ބުނީ އެ ރަށުން ޕޮސިޓިވްވެފައިވަނީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އޭނާ އާއި ބޯޓުގައި އިތުރު ހަ ފަޅުވެރިއަކު މަސައްކަތް ކުރާ ކަމަށްވެ އެވެ. އަދި އޭނާއަށް ބަލިޖެހިފައިވާ ކަން ނޭނގި އެ ރަށުގެ ބައެއް ކެފޭތަކަށް ގޮސްފައިވާއިރު ބައެއް މީހުންނާއި ބައްދަލުވެ މުއާމަލާތް ކޮށްފައިވެ އެވެ.

އެހެންވެ އެ ރަށު ޓާސްކް ފޯސްއިން ދަނީ އެމީހާ އާއި ބައްދަލުވި މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގިފައިވަނީ މިއަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް