އެމްޑީޕީ އަށް ދައުލަތް ހިންގަން ނޭނގޭ: ޑރ. ޖަމީލް

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދައުލަތް ހިންގަން ނޭނގޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ މޮޅު ޕްލޭ...

12 Aug 2020 | 05:36

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދައުލަތް ހިންގަން ނޭނގޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ މޮޅު ޕްލޭނެއް އޮތްކަމަށް ބުނެ ވެރިކަން ހޯދި އެމްޑީޕީއަށް ދައުލަތް ހިންގަން ނޭނގިގެން އުޅޭތަން ކަމަށެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައިވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމާއި ގުޅޭ ޤާނޫނުގެ ދަށުން މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރުމާއި ގުޅިގެންނެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، މިހާރުގެ ހާލަތަށް ބަލާ އެ ބަޔާންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް މެންބަރުން ހިޔާލު ފާޅު ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ޑރ. ޖަމީލް ވަނީ ޗައިނާ ނޫން އެހެން ތަންތަނުން ހޯދާ ލޯނު ދަރަންޏަށް ނުވޭތޯ ސުވާލު އުފައްދަވައިފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ޗައިނާ ލޯނުތަކުގެ ފައިދާ ރައްޔިތުންނަށް ބޮޑު ކަމަށާއި ޗައިނާއިން ލޯނު ނެގުން ނޫން އިތުރު މޮޅު ގޮތެއް އެމްޑީޕީއަށް ބުނެ ނުދެވޭ ކަމަށެވެ.

އަދި ރައްޔިތުން މަޖިލިހުގައި އިއްޔެ ކުރިއަށް ގެންދިޔަ މުޅި މަޖިލިސް ކޮމިޓީއަށް އިޝާރާތްކުރައްވައި ޑރ. ޖަމީލު ވިދާޅުވެފައިވަނީ މަޖިލިހުގެ ޑްރާމާއިން ފެނިގެން ދަނީ ފެއިލްވެ، ހަދާނެ ގޮތެއް ހުސެވެގެން ބޯދަމައިގަނެވޭނެ އުޒުރެއް ހޯދޭތޯ އުޅޭތަން ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް