މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ އެންމެ މަތިން ފިލާގަނޑެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެއެވެ.
ކޯރުކެނޑިމަގުގައި ހުރި މި އިމާރާތަކީ ރައުންޑް ވަން ބުކްޝޮޕް ކައިރީ ހަދަމުން ދިޔަ އިމާރާތެކެވެ.
ފުލުހުން ވިދާޅުވީ، ފިލާގަނޑު ވެއްޓި ކާރެއްގެ ފަހަތު ބަފަރު ހަލާކުވެފައިވާ ކަމަށެވެ. އެ ފިލާގަނޑަކީ ހަ ފޫޓު ދިގުމިނުގެ އަދި އެއް ފޫޓު ފުޅާމިނުގައި ހުރި ފިލާގަނޑެކެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް