ބޮލީވުޑްގައި އަރަމުން އަންނަ ތަރި ވިކީ ކޯޝަލް މިހާރު އެންމެ ބޭނުންވަނީ ލޯބީގެ ފިލްމެއް ކުޅެލަން ކަމަށް އޭނާ ބުނެފިއެވެ.
ތަފާތު އެކި ރޯލުުތަކުން ފެނިފައިވާ ވިކީ އެންމެ ގިނައިން ފެނިފައި ވަނީ ސީރިއަސް ރޯލުތަކުންނެވެ. ލޯބީގެ ޖަޒުބާތުތައް ބައެއް ފިލްމުން ފެނުނު ނަމަވެސް އެ ފިލްމްތަކުގައި ލޯބީގެ މާ ބޮޑު ރޯލެއް ނުލިބޭ ކަމަށް ވިކީ ވަނީ ބުނެފައެވެ.
އެކްޝަން ފިލްމުތަކުން ފެންނަ ވިކީ ބުނީ، މިހާރު ސީރިއަސް މޫޑު ބެލުންތެރިންނަށް ދެއްކިއްޖެ ކަމަށާއި، ދެން ބޭނުންވަނީ އޭނާގެ ލޯބިވެތި ސޫރަ ފޭނުންނަށް ދައްކައިލަން ކަމަށެވެ.
ވިކީ ބޮލީވުޑަށް ތައާރަފްވީ 2015 ވަނަ އަހަރުއެވެ. ވިކީ އަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިއެކެވެ. ވިކީގެ ފިލްމްތަކުގެ ތެރޭގައި "ރާޒީ"، "ސަންޖޫ" އަދި "އުރީ ދި ސަރޖިކަލް ސްޓްރައިކް" ހިމެނެއެވެ.
ވިކީ ވަނީ މިއަހަރުގެ ފިލްމްފެއަރ އެވޯޑުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް