ކެނޯގައި ނިކުމެ އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެ، ހާލުވެސް ރަނގަޅު

މިއަދު ހަވީރު ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދުގައި ކެނޯއެއްގައި ނިކުމެ އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ. ދެންމެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ގެއްލުނު ދެމީހުން ހުޅުމާލެ...

11 Aug 2019 | 23:22

މިއަދު ހަވީރު ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދުގައި ކެނޯއެއްގައި ނިކުމެ އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ.

ދެންމެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ގެއްލުނު ދެމީހުން ހުޅުމާލެއަށް އެރީ ކަމަށެވެ. ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ދެމީހުން ޑަކުޓަރަށް ދެއްކުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ގަދަ ވަޔާއިއެކު ކޮޅިގަނޑެއްގައި ޖެހި އޮޔާ ދަމުންގޮސް 2019 އޮގަސްޓް 12 ވަނަ ދުވަހުގެ 03:10 ހާއިރު ހުޅުމާލެ ސްވިމިން ޓްރެކާއި ދިމާލަށް ކެނޯ އައުމުން ފަތާފައި އެރީކަމަށް" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި ގެއްލުނީ 33 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. މި ދެމީހުންގެ ތެރެއިން އެކަކީ ފުލުހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް