ދިވެހިރާއްޖޭގައި އިސްލާމް ދީން ދެމިއޮތީ ދިވެހި ތާރީޚަށް ބަލާއިރު، މާތްﷲ ގެ ރަޙުމަތާއެކު ، ރަސްރަސް ކަލުންނާއި ހިތްވަރުގަދަ ދީންދެކެ ލޯބިވާ ވެރިންނާއި ، ރައްޔިތުން އިސްތިއުމާރީ ފިކުރީ ހަނގުރާމައާއި އަޅުވެތިކަމާ ދެކޮޅަށް ކުރެއްވި ހިތްވަރުގަދަ މަސައްކަތުންކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ ކޮށްފައިވާ ޓްވީޓެއްގައެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އިސްލާމީ ދައުވަތަށް މަގުފަހިވެފައި ނެތް މިންވަރަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންނަށް ރައީސް ޔާމީން ގެ ވެރިކަމުގައި އެތައް ފުރުސަތާއި މިނިވަންކަން ދީފައިވާ ކަމުގައެވެ. އަދި ދީނީ ފަތުވާ ދީގެން އެއްވެސް އާލިމެއް ޖަލަށް ލާ އަނިޔާކޮށްފައި މިސަރުކާރުން ނުވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެ ޓްވީޓްކޮށްފައި މިވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚު އިލްޔާސް ހުސައިން ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ވާހަކަދެއްކުމަކީ ހަގީގަތާއި ޚިލާފް އަދި ސުންނަތާއިވެސް ޚިލާފު ވާހަކައެއްކަމަށް ވިދާޅުވެ ޓްވީޓްކޮށްފައި ވަނިކޮށެވެ. ޝައިޚު އިލްޔާސް ވިދާޅުވެފައިވަނީ މީގެ 900 އަހަރު ކުރިން ފެށިގެން ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް