ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ކެނޑިޑެސީ ހުށަހެޅުއްވި ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކުރި މައްސަލަ މާދަމާ ހައި ކޯޓަށް ވައްދަން ނިންމައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހުސެއިންގެ ތަރުޖަމާނު އަމްޖަދު ހުސެއިން ވިދާޅުވީ މާދަމާގެ ވަގުތެއްގައި އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހުސެއިންގެ ފަރާތުން ހުކުރު ދުވަހު ބީހައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްޖަދު ވިދާޅުވީ އީސީން ވަނީ ހުސެއިންގެ ހައްގު ނިގުޅައިގެންފައި ކަމަށެވެ. އަދި ފޯމް ބާތިލްކުރި ސަބަބުތައް ކަމަށް ހާމަކުރި ކަންތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމުގައި އަމްޖަދު ވިދާޅުވި އެވެ.
އަމްޖަދު މިއަދު އިތުރަށް ވިދާޅުވީ އެ މައްސަލައިގާ ތަފްސީލީ ޖަވާބަކަށް އިލެކްޝަންސް ކުރެން އެދިފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް