ރިޔާސީ އިންތިޚާބު އޮންނަ ދުވަހަކީ ރަސްމީ ބަންދުދުވަހެއް ކަމަށް ކަނޑައަޅުއްވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނަ ދުވަސް ކަމަށްވާ ސެޕްޓެމްބަރ 23 ވަނަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ. އެދުވަހަކީ އާދިއްތަ ދުވަހެކެވެ. ރައީސް އޮފީ...

12 Aug 2018 | 10:36

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނަ ދުވަސް ކަމަށްވާ ސެޕްޓެމްބަރ 23 ވަނަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ. އެދުވަހަކީ އާދިއްތަ ދުވަހެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހަކީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށާއި ސަރުކާރު ހުޅުވޭނީ ސެޕްޓެމްބަރ 24 ވާ ހޯމަދުވަހު ކަމުގައެވެ.

ރިޔާސީ އިންތިޚާބު އޮންނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިދިކޮޅު ފަރާތްތަކުން ވަނީ މީގެކުރިން ގޮވާލާފައެވެ. އަދި އެދުވަސް ބަންދުކޮށްދިނުމަށް އެދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުޢޫދު ވަނީ ކޯޓަށް މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް އެމައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް