އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެފިއެވެ.
ިމިފައިސާތައް ފެނިފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަމީނީ މަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިންނެވެ.
އެހެންކަމުން މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް