ވަކި މީހަކު ނުހޮވިއްޖެނަމަ ދީން ނޯންނާނެކަމަށް ބުނުމަކީ ސުންނަތާ ޚިލާފު ވާހަކައެއް –ޝެއިޚު އިލްޔާސް

ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ވާހަކަދެއްކުމަކީ ހަގީގަތާއި ޚިލާފް އަދި ސުންނަތާއިވެސް ޚިލާފު ވާހަކައެއްކަމަށް ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހު...

12 Aug 2018 | 07:50

ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ވާހަކަދެއްކުމަކީ ހަގީގަތާއި ޚިލާފް އަދި ސުންނަތާއިވެސް ޚިލާފު ވާހަކައެއްކަމަށް ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް ކުރައްވާފައިވާ ޓްވީޓްތަކެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކު އިންތިޚާބު ނުކޮށްފިނަމަ، ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ މީގެ 900 އަހަރު ކުރިން ފެށިގެން ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫންކަމަށެވެ. އެހެންކަމުން އެގޮތަށް ވާހަކަދެއްކުމަކީ ހަޤީޤަތާއި ޚިލާފު ވާހަކައެއްކަމަށް ޝެއިޚު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭކަން މާޒީގައި ވަނީ ސާބިތުކޮށްދީފައިކަމަށާ ދިވެހި ރައްޔިތުން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިކަމާއި، ނާއިންސާފާއި، ޚިޔާނާތާއި، އަޅުވެތިކަމަށް ނޫނެކޭ ބުނާނެކަން ޔަގީންވާކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އިޝާރާތްކުރައްވާ އިއްތިހާދަކީ ވަރުގަދަ ގަދަފަދަ ބާރެއްގެ ގޮތުގައި ފެނިގެންދާނެކަމަށް ޝައިޚް ވަނީ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދުކުރައްވަނީ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޝައިހް އިލްޔާސް ވިދާޅުވީ މި ދެ ބޭފުޅުންނަކީ ވެސް އިސްލާމް ދީނަށް ލޯބިކުރައްވާ އަދި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދެއްވާ ދެ ބޭފުޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް