ވާން އުޅޭ ބަފާބެއާއި މައިދައިތަގެ އާނ ބަސް އާލިއާ އަށް ވަނީ ލިބިފައި

ބޮލީވުޑްގެ ތަރިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކުގެ އެންމެ ކުރިން މިހާރު ޖާގަ ހޯދަމުންދަނީ ރަންބީރު އާއި އާލިއާ ގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމެވެ. ދެމީހުންގެ ދޭތެރޭ ލޯބީގެ ގުޅުން އޮތްކަމަށް ރަންބީރު ވ...

12 Aug 2018 | 07:03

ބޮލީވުޑްގެ ތަރިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކުގެ އެންމެ ކުރިން މިހާރު ޖާގަ ހޯދަމުންދަނީ ރަންބީރު އާއި އާލިއާ ގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމެވެ. ދެމީހުންގެ ދޭތެރޭ ލޯބީގެ ގުޅުން އޮތްކަމަށް ރަންބީރު ވަނީ ދާދިފަހުން ދީފައިވާ އިންޓަރވިއުއެއްގައި އެއްބަސްވެސް ވެފައެވެ.

އެހެންކަމުން މިހާރު ދައްކަމުން ދަނީ ދެ މީހުންގެ ކައިވެނީގެ ވާހަކައެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ފަހުކޮޅު މިދެ މީހުން ކައިވެނި ކުރާނެއެވެ. ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން ދެ މީހުންގެ އާއިލާއިން މިގުޅާމެދު ދެކޭގޮތެއް ބަލާލަން ކޮންމެހެންވެސް ޖެހޭނެތާއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރަންބީރު ގެ ބައްޕަ ރިޝީ ދުވަހަކުވެސް ރަންބީރު ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖަކާ ނުގަބޫލުވެފައެއް ނުވެއެވެ. އެއީ ދީޕިކާ ކަމުގައިވީނަމަވެސް، ކެޓްރީނާ ކަމުގައިވީނަމަވެސް އާލިއާ ކަމުގައި ވީނަމަވެސް ރިޝީއަށް މައްސަލައެއް ނެތެވެ. އެހެންނަމަވެސް މިކަމުގައި ރަންބީރު ގެ މަންމަ ނީތުގެ ވިސްނުން މުޅިން ތަފާތުކަމަށް ވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ނީތުއަށް ދީޕިކާވެސް އަދި ކެޓްރީނާވެސް ކަމަކު ނުދެއެވެ. އެހެންނަމަވެސް އާލިއާ ވަނީ ނީތު އަށް ކަމުގޮސްފައެވެ. އެހެންކަމުން މިއީ އާލިއާ އަށް މިގުޅުން ކުރިޔަށްގެންދިޔުމަށް ލިބިގެންދާ އިތުރު ބާރަކަށްވެސް ވާނެތާއެވެ.

ރިޕޯޓްތައް ބުނާގޮތުން ކައިވެންޏަށް ފަހުވެސް އާލިއާ ފިލްމީ ދާއިރާގެ މަސައްކަތްތައް ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް