ބޮލީވުޑްގެ އެކްޓަރ އަރްޖުން ކަޕޫރް އާއި އޭނާގެ ކޯ ސްޓާރ އިންނާ އަޅުވާ ތަފާތު ވާހަކަތައް ވަނީ ދެކެވިފައެވެ. ނަމަވެސް ބޮލީވުޑަށް ނިކުތުމުގެ ކުރިން އޭނާ ވަނީ ލޯބީގެ ގޮތުން ސީރިއަސް ގުޅުމެއް އަންހެންކުއްޖަކާ އެކު ބާއްވާފައެވެ. ގިނަބަޔަކަށް ސަލްމާން ޚާން ގެ ކޮއްކޮގެ ގޮތުގައި އިނގިގެންދާ އަރްޕިތާ ޚާން ޝަރުމާ އާއި އަރުޖުން ވަނީ ދެ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ދާދިފަހުން އަރްޖުން ވަނީ އޭނާ ސީރިއަސްކޮށް މިހާތަނަށް ރައްޓެހިވީ އަރްޕިތާ އާ އެކަނި ކަމަށްބުނެ އެގުޅުމުގެ ވާހަކަ މީޑިޔާއާ ހިއްސާކޮށްފައެވެ.
އަރުޖުން ބުނީ އަރްޕިތާ އާ ރައްޓެހިވެގެން އުޅުނުއިރު އެ ގުޅުން އަރްޕިތާގެ އާއިލާއާ ހަމައަށް ގެންދިޔުމަށް އޭނާ ޖެހިލުންވި ކަމުގައެވެ. ވަކިން ޚާއްސަކޮށް ސަލްމާން އެ ގުޅުމާމެދު ދެކޭނެ ގޮތެއް ނޭންގޭތީ އެކަމާ ހާސްވެ ކަންބޮޑުވި ކަމަށް އަރްޖުން ބުނެފައިވެއެވެ. އުމުރުން 18 އަހަރުގައި އަރްޕިތާ އާ ރައްޓެހިވިއިރު އެގުޅުން އަރްޕިތާގެ އާއިލާއާ ހަމައަށް ގެންދިޔައީ އަރުޖުން އެވެ. އަރްޖުން ބުނީ އަރްޕިތާގެ އާއިލާއިން އެކަމަށް ސަޕޯޓްދިންކަމަށާއި ސަލްމާންވެސް އެގުޅުމާމެދު މައްސަލައެއް ނުޖައްސާކަމުގައެވެ.
އަރްޖުން އާއި އަރްޕިތާގެ ދެ އަހަރު ވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައީ އަރްޕިތާ ކަމަށް އަރުޖުން ބުންޏެވެ. އެދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް ސަލްމާން އާއެކު އަރުޖުން އޮތް ގުޅުން ކުރިޔަށް އޮތްކަމަށާއި އެގޮތުން އަރުޖުންގެ ގައިން 140 ކިލޯ ލުއިކުރުމުގައާއި ފިލްމީ ދާއިރާއަށް ނިކުތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން މީހަކަށް ސަލްމާން ވާނެކަމަށް އަރުޖުން ބުނެއެވެ.
ކޮންމެ އަކަސް މީގެ ދިހައަހަރު ކުރިން ހިނގާމިދިޔަ ލޯބީގެ ގުޅުމުގެ ވާހަކަ އަރްޖުން ހިއްސާކޮށްފައިވާއިރު މިހާރު އަރްޕިތާ ވަނީ މީހަކާ އިނދެ ކުއްޖަކުވެސް ލިބިފައެވެ. އަރްޕިތާގެ ފިރިމީހާ އަޔުޝް ޝަރުމާ މިއަހަރުގެ ފަހުކޮޅު އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމުން އާންމުންނަށް ފެނިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް