އަންނަ ސެޕްޓެމްބަރު މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ދެ ކެނޑިޑޭޓުން މިހާރު ކަށަވަރުވެފައިވާއިރު ދުވަސް ނޫހުން އިއްޔެ ވާނީ ފޭސްބުކް އަދި ޓްވިޓާގައި ޕޯލް އެއް ފަށާފައެވެ.
ދެ ޕޯލްގެ ތެރެއިން ފާއިތުވި 18 ގަޑިއިރުގެ ތެރޭގައި ފޭސްބުކް ޕޯލް އަށް 1500 އަށްވުރެ ގިނަ ވޯޓް ލިބިފައިވާއިރު އޭގެ ތެރެއިން 1200 އަށްވުރެ ގިނަ މީހުން ވޯޓް ދީފައިވަނީ އިބޫ/ފައިސަލަށެވެ. ޔާމީން/ޝަހީމަށް ވޯޓު ދީފައިވަނީ 250 މީހުންނެވެ. ޕަސެންޓޭޖުން ބަލާނަމަ އިބޫ/ފައިސަލަށް 83 ޕަސެންޓު ލިބިފައިވާއިރު ޔާމީން/ޝަހީމަށް ލިބިފައިވަނީ 17 ޕަސެންޓެވެ.
ޓްވިޓާގައި ދުވަހުން ނަގާފައިވާ ޕޯލަށް ބަލާލާއިރު ފާއިތުވި 18 ގަޑިއިރުގެ ތެރޭގައި އެ ޕޯލަށް 468 ވޯޓް ލިބިފައިވާއިރު އޭގެ ތެރެއިން 92 ޕަސެންޓް މީހުން ވޯޓްދީފައިވަނީ އިބޫ/ފައިސަލަށެވެ. ޔާމީން/ޝަހީމަށް ވޯޓު ދީފައިވަނީ އެންމެ އަށް ޕަސެންޓު މީހުންނެވެ.
https://twitter.com/dhuvasmv/status/1028197016462155776
ދުވަސްގެ މި ދެ ޕޯލުގެ ތެރެއިން ފޭސްބުކް ޕޯލް މި މަހުގެ ނިޔަލަށް ކުރިއަށްގެންދެވޭނެއެވެ. ޓްވިޓާ ޕޯލް ކުރިއަށް އޮތް ހަ ދުވަހު ކުރިއަށްގެންދެވޭނެއެވެ.
މިއީ ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވޭ ޕޯލްތަކެއް ކަމުން މި ޕޯލްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހަމަ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް