ޝިމާ ދަތުރު ކުރި ކަމަށް ބެލެވޭ ޑިންގީ ލ. އަތޮޅު ކަނޑުން ފެނިއްޖެ

ލ. އަތޮޅުގެ ސަރަހައްދުގެ ކަނޑު އަޑިން ޑިންގީއެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ފުލުހުންގެ މީޑީއާއިން ބުނީ ޑިންގީއެއް ކަނޑުއަޑިން ފެނުނު ކަމަށް ބުނެ މިއަދު ބަޔަކު ރިޕޯޓު ކޮށްފައިވާ ...

12 Jul 2020 | 09:29

ލ. އަތޮޅުގެ ސަރަހައްދުގެ ކަނޑު އަޑިން ޑިންގީއެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑީއާއިން ބުނީ ޑިންގީއެއް ކަނޑުއަޑިން ފެނުނު ކަމަށް ބުނެ މިއަދު ބަޔަކު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ކަމާއި ގުޅިގެން އެ ސަރަހައްދު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީ އެވެ. އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި އެވެ.

އެ ޑިންގީ ކަނޑުއަޑިން ފެނިފައިވަނީ ފޮނަދޫއިން ފީނަށް ދިޔަ ބަޔަކަށެވެ. ފުލުހުންނަށް އެކަން ރިޕޯޓު ކުރީވެސް އެމީހުން ކަމަށްވެ އެވެ.

އެ ޑިންގީ ފެނުނު ކަމަށް ވަނީ ޑިންގީ ގެއްލުނު ސަރަހައްދުންނެވެ.

ޝިމާ ގެއްލުނު ފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ މައްސަލައި ތަހުގީގަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ޝިމާ ޑިންގީގައި ދަތުރުކޮށްފައިވަނީ އިބްރާހިމް ފަޒީލްގެ މައްޗަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ފަޒީލަ ބުނެފައިވަނީ އެރޭ ޑިންގީ ބަންޑުން ޖަހާލީކަމަށާއި ކަނޑުމަތީގައި އޮންނަން ޝިމާއަށް ހަމެއް ދިނުމަށް ފަހު އޭނާ ދިޔައީ އެހީތެރިކަން ހޯދުމަށް ކަމަށް ބުނެފައިވެ އެވެ. ސަލާމަތްް ކަން ހޯދަން ފަޒީލް އަރާފައިވަނީ ލ. އަތޮޅުގައި ހިންގާ ސިކްސެންސް ލާމު ރިސޯޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް