ސްޓެލްކޯ އޮފީހުގައި ޑިސް އިންފެކްޓް ގޭޓެއް ބަހައްޓާ ބޭނުން ކުރަން ފަށައިފިއެވެ.
އެ ކުންފުނިން ބުނެފައިވަނީ އޮފީހުގައި ޑިސް އިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުންކުރަން ފެށުމަކީ ކޯވިޑް-19 އާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެ ކުންފުނިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުގެ ތެރެއަށް އިތުރުވާ ބޮޅެއް ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1282199327142604801
ސްޓެލްކޯގައި ޑިސް އިންފެކްޓް ގޭޓެއް ބަހައްޓާ ބޭނުންކުރަން ފަށާފައިވާއިރު، މާލެ ފުރަބަންދުކޮށްފައި އޮތް އިރު އެ ކުންފުނީގެ މުވައްޒަފުން ދިޔައީ ފުރަބަންދުވެ ތިބެ ރައްޔިތުންނަށް ހިދުމަތް ކުރަމުންނެވެ. ފުރަބަންދުގައި ކަރަންޓުގެ ހިދުމަތަކަށް ބުރުލެއް ނާރާ ކާމިޔާބު ކަމާއެކު ސްޓެލްކޯގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް