ކުޑަފަރީން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ފައި ބިނދިގެން އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން ދުވަސްވީ ފިރިހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވީ އިއްޔ...

12 Jul 2020 | 05:57

ފައި ބިނދިގެން އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން ދުވަސްވީ ފިރިހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވީ އިއްޔެ މާލެ ގެނައި އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވިކަން ރޭ ދަންވަރު އެނގުނު ކަމަށެވެ. އަދި މިހާރު ދެވަނަ ސާމްޕަލެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.

އުމުރުން 92 އަހަރުގެ އެމީހާ މާލެ ގެނައީ ފާހާނައިން ނިކުންނަނިކޮށް ވެއްޓި އަނިޔާވެގެން އެ އަތޮޅު މަނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހުގައެވެ.

ކުޑަފަރީން މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު މިވަނީ ހުޅުދުއްފާރުންވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިތުރު ތިން ރަށަކުންވެސް ފާއިތުވި ތިން ދުވަހު މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް