ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިތުރަށް ހަރުދަނާކޮށް ޕާޓީ ކޮޅަށް ޖެހުމަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޖާބިރު ވަނީ އެކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވެފައިވާގޮތުގައި ޕާޓީއެއްގައި ނޫން ގޮތަކަށް މަޖިލީހުގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި މިހާރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރި ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އޭނާއާއި ކަންކަން ހިއްސާ ނުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.
ޖާބިރު ޑީއާރުޕީއާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ޑީއާރުޕީގެ ލީޑަރު، މުހައްމަދު ނަޝީދު (ކާނަލް) ވަނީ، އޮންލައިން ނޫހެއް ކަމުގައިވާ ވަގުތު ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ނޫހަށް މައުލޫމާތުދެއްވަމުން ކާނަލް ވިދާޅުވެފައިވާގޮތުގައި ޖާބިރު އެ ޕާޓީއާއި ގުޅިވަޑައިގަންވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެ މެމްބަރަކާއިވެސް އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް