ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ގދ. ތިނަދުއަށް ވަޑައިގެންފި

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދުއަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތު...

12 Jul 2019 | 12:37

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދުއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ތިނަދޫގައި ބާއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ ތިން ވަނަ ބައްދަލުވުމުވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖްލީހުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިފަހަރުގެ ޖަޒީރާ ހޮޅުއަށީގައި މަޝްވާރާކޮށް މައުލޫމާތު ދީނުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ މަޝްވެރިކަމާގުޅޭ ސިޔާޞަތުގެ ދަށުން " މަސްވެރިކަމުގެ ނަފާއިތުރުކުރުން" މި މައުޟޫޢުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރައްވާ މި ދަތުރުފުޅުގައި ތިނަދޫގެ ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ރަށުގައި ހުރި ސަރުކާރުގެ މުޢައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް