ނޭޕާލުގެ މައި އެއާޕޯޓުގައި ފްލައިޓެއް ރަންވޭއިން ބޭރުވުމުން އެއާޕޯޓް ބަންދުކޮށްފި

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ އެއާޕޯޓުގައި ފްލައިޓެއް ރަންވޭއިން ކައްސާލުމުން އެ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ. ރަންވޭއިން ކައްސާލާފައިވަނީ ނޭޕާލުގެ އެއާލައިނެއް ކަމުގައިވާ ޔެޓީ އެއާލައިންގެ...

12 Jul 2019 | 12:28

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ އެއާޕޯޓުގައި ފްލައިޓެއް ރަންވޭއިން ކައްސާލުމުން އެ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ރަންވޭއިން ކައްސާލާފައިވަނީ ނޭޕާލުގެ އެއާލައިނެއް ކަމުގައިވާ ޔެޓީ އެއާލައިންގެ ފްލައިޓް، އޭޓީއާރު 72-500 އެވެ. އެ ފްލައިޓް ރަންވޭއިން 15 މީޓަރު ބޭރުވެފައިވެއެވެ. މިހާރު އޮތީ ވިނަގަނޑުގެ މަތީގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ފްލައިޓަކީ އެ ގައުމުގެ ދެކުނުން، 66 ޕަސިންޖަރުންނާއެކު ކަތުމަންޑޫއަށް ދަތުރުކުރި ފްލައިޓެކެވެ. ފްލައިޓް ރަންވޭއިން ބޭރުވީ ފްލައިޓް ލޭންޑް ކުރަން އުޅުމުގެ ތެރޭގައެވެ.

މީގެ ކުރިންވެސް ހަމަ މިފަދަ ގޮތަކަށް އެ އެއާޕޯޓްގައި ރަންވޭއިން ފްލައިޓެއް ރަންވޭއިން ބޭރުވެފައިވެއެވެ. އެ ފަހަރުވެސް އެ ފްލައިޓް އަނބުރާ ރަންވޭއަށް އެރުވުނީ 11 ގަޑިއިރު ފަހުންނެވެ. މިފަހަރުވެސް އެހާ ވަގުތު މިކަމަށް ނަގާފާނެ ކަމަށް އެއާޕޯޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް