ކޮންޓެކްޓް ލެންސު ލައްވައިގެން ފެންވެރި މީހެއްގެ ލޮލުގެ ފެނުން ގެއްލިއްޖެ

އިނގިރޭސިވިލާތުގެ ރައްޔިތަކު ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ފެންވެރުމުގެ ސަބަބުން ލޯ އިންފެކްޓްވެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ. މި ހާދިސާގައި ކަނާތު ލޮލުގެ ފެނުން ގެއްލިފައިވަނީ އުމުރުން 29 އަހ...

12 Jul 2019 | 12:07

އިނގިރޭސިވިލާތުގެ ރައްޔިތަކު ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ފެންވެރުމުގެ ސަބަބުން ލޯ އިންފެކްޓްވެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.

މި ހާދިސާގައި ކަނާތު ލޮލުގެ ފެނުން ގެއްލިފައިވަނީ އުމުރުން 29 އަހަރުގެ ނިކް ހަމްފްރީ ކިޔާ މީހެއްގެއެވެ.

އޭނާ ބުނެފައިވާގޮތުގައި ކޮންޓެކްޓް ލެންސާއެކު އެއް ދުވަހު ފެންވަރާ ނިމުނު ފަހުން ލޮލަށް ތަދުވާތީ "އައި ޑްރޮޕްސް" ބޭނުން ކުރަން ފެށިއެވެ. އަދި ޓީވީ ބެލުމާއި ފޯނަށް ބެލުން މަދުކޮށް، ލޮލަށް ބޭސް އަޅައިގެންވެސް ހައްލެއް ނުލިބުމުން ޑޮކްޓަރަށް ދެއްކިއިރު އޮތީ ވަގުތު ފާއިތުވެފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނިކްގެ ލޯ އިންފެކްޓްވީ ކޮންޓެކްޓް ލެންސާއެކު ފެންވެރުމުން، ލެންސާއި ފެން އެކުވެ ފެން ތަޣައްޔަރުވެގެން ކަމުގައި ޑަކުޓަރުން ބުނެފައިވެއެވެ.

ނިކްގެ ކަނާތު ލޮލުގެ ފެނުން މިހާރު ގެއްލިފައިވާއިރު އޭނާ އަންނަނީ ލޯ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް އަންނަ ކަމު ކުރުމަށް ތައްޔާރުވަމުންނެވެ. އަދި ލޮލުގެ ފެނުން ލިބިއްޖެނަމަ ދެން ދުވަހަކުވެސް ކޮންޓެކްޓް ލެންސް ބޭނުން ނުކުރާނެ ކަމަށް ނިކް ބުނެފައިވެއެވެ.

ކޮންޓެކްޓް ލެންސަކީ ވަކި ވަގުތުތަކެއްގައި ވަކި ގޮތަކަށް ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ނަމަވެސް ބައެއް މީހުން ކޮންޓެކްޓް ލެންސާއެކު ފެންވެރުމާއި، ނިދުމާއި، ފެތުންފަދަ ކަންކަން ކުރެއެވެ. އެއީ ރައްކާތެރި ކަންކަން ނޫންކަމުގައި ޑަކުޓަރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް