ގްރީސްގައި ފަތުރުވެރިން ގޮސް އުޅޭ އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދަކަށް އެރި ކުއްލި ވަރުގަދަ ތޫފާނެއްގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިއްޔެގެ ވަގުތެއްގައި އެރި މި ތޫފާން އެރީ ދުރާލާ އިންޒާރު ދިނުމަކާ ނުލާ ހަމަ ކުއްލި ގޮތަކަށެވެ. އަދި މި ތޫފާން ދެމިގެންދިޔައީވެސް އެންމެ ވިއްސަކަށް މިނެޓަށެވެ.
މި ތޫފާނަކީ ވައިގެ ތޫފާނެކެވެ. މަރުވި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ބޮޑު ހަތަރު މީހަކާއި ކުޑަ ދެ ކުދިންނެވެ. ދެން މަރުވީ އެ ސަރަހައްދުގެ މަސްވެރިއެކެވެ.
މި ތޫފާނުގައި އަނިޔާވި 23 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް