ނުކުޅެދޭ މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން އަދިވެސް މަދު: ޒެނީޝާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ގިނަ ނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެސް އެފަދަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ މީހުން މަދު ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީ...

12 Jul 2018 | 13:49

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ގިނަ ނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެސް އެފަދަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ މީހުން މަދު ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

އެވިޑު ކޮލެޖުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޒެނީޝާ ވިދާޅުވީ އެފަދަ ކުދިންނަށް ދުޅަހެޔޮކަމާއި އުފަލުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދިނުމަކީ މުޖުތަމައުގެ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ނުކުޅެދޭ ފަރާތްތަކާއި މަސައްކަތް ކުރާނެ ފަންނީ މީހުން ބިނާކޮށް މި ދާއިރާގައި ދިވެހިންގެ ދައުރު ފުޅާވެގެން ދިއުމަކީ ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެމީހުންނަކީ އިގްތިސާދީ ގޮތުން ބާރުވެރިބަޔަކަށް ހެދުމަށް ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 270 އަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދެވިފާ ވާކަމަށް ވިދާޅުވި އެވެ.

ޒެނީޝާ އިތުރަށް ވިދާޅުވީ ވަޒީފާ އަދާ ކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކު ވަޒީފާ އަދާ ކުރާ މީހުން ހޭލުންތެރި ކުރުވުމަށްވެސް އެ މިނިސްޓްރީން ވަނީ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ. އެގޮތުން މިހާތަނަށް 500 އެއްހާ މީހުން ތަމްރީން ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް