އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ކުރިން އިސްތިއުފާ ދެއްވި ޝެއިޚް މުހައްމަދު ދީދީ އަނެއްކާވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރައްވާފައިވާގޮތުގައި ޝެއިޚް މުހައްމަދު ދީދީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ.
ދީދީއާއެކު މިހާރުވެސް އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާއިރު އެ މަގާމުން ކުރިން އިސްތިއުފާ ދެއްވީ އޭރު އޭނާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީ ސަރުކާރު ކޯލީޝަނުން ވަކިވުމުންނެވެ. ނަމަވެސް މިދިޔަ މަހުގެ މެއި މަހު އޭނާ ވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް